ހަށިވިއްކުން – މަރްޔަމް އަޝްފާ އަދި އާއިޝަތު ރިޒްނާ

1151/Cr-C/2016

މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން މި ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ

ޝަރީޢަތް ނިމުނުގޮތް – ސ.ހިތަދޫ / ސްޕަންޖްގެ، މަރްޔަމް އަޝްފާ އަދި ނ.ވެލިދޫ / ގުލިސްތާނުގެ، ޢާއިޝަތު ރިޒްނާގެ މައްޗަށް ދަައުލަތުން ދަޢުވާ ކުޅަ، ހަށިވިއްކުމުގެ ކުުށުގެ މި ދަޢުވާއަށް މަރްޔަމް އަޝްފާ އަދި ޢާއިޝަތު ރިޒްނާ އިންކާރުކުރުމާ ގުޅިގެން، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީޢަތަށް ހެކި ލިބިފައިވާތީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު: 2008/03/MJ   (11 މޭ 2008) ސަރކިއުލަރގެ 14 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ހަށިވިއްކުމުގެ ކުށުން މަރްޔަމް އަޝްފާ އަދި ޢާއިޝަތު ރިޒްނާ ކުށްވެރިއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 620 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން، މަރްޔަމް އަޝްފާ އަދި ޢާއިޝަތު ރިޒްނާއާ ދެމީހުންކުރެ ކޮންމެ މީހަކު 04 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު

Total Page Visits: 201 - Today Page Visits: 1

You may also like...


WordPress Lightbox Plugin