ބިރުދައްކައިގެން ޖިންސީ ޢަމަލެއް ހިންގުމަށް އެހެން މީހަކަށް މަޖުބޫރުކުރުވުން – އިބްރާހީމް ރަޝީދު / ގދ.ވާދޫ / ދިއްގާގަސްދޮށުގެ

955/Cr-C/2017

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ އަނިޔާލިބުނު ފަރާތުގެ މަޞްލަޙަތު ރައްކާތެރިކުރުމުގެ ގޮތުން

ޝަރީޢަތް ނިމުނުގޮތް – ގދ.ވާދޫ / ދިއްގާގަސްދޮށުގެ، އިބްރާހީމް ރަޝީދު، 2016 ވަނަ އަހަރު މެދެއްހާ ހިސާބުގައި، [ނަން އުނިކުރެވިފައި]ގެ ބަރަހަނާ ފޮޓޯތަކެއް މީނާގެ އަތުގައި ހުރިކަމަށް ބުނެ، ބިރުދައްކައިގެން [ނަން އުނިކުރެވިފައި]އާއެކު ޖިންސީ ޢަމަލު ހިންގުމަށް މަޖުބޫރުކުރުވާފައިވާތީއާއި، މީނާގެ މޯބައިލް ފޯނުން [ނަން އުނިކުރެވިފައި]ގެ ބަރަހަނާ ފޮޓޯތަކެއް ފެނިފައިވާތީ، މީނާގެ އަތުގައި އެ ފޮޓޯތައް ހުރިކަމަށް މީނާ ތަޙުޤީޤުގައި ބުނެފައިވާތީ، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، އިބްރާހީމް ރަޝީދުގެ މައްޗަށް ބިރުދައްކައިގެން ޖިންސީ އަމަލެއް ހިންގުމަށް އެހެން މީހަކަށް މަޖުބޫރުކުރުވުމުގެ ކުށުގެ ދަޢުވާއަށް އިބްރާހީމް ރަޝީދު އިންކާރު ކޮށްފައިވާތީއާއި، މި ދަޢުވާ ސާބިތުކުރުމަށް ކާފީ ހެކި ލިބިފައިނުވާތީއާއި، މި ދަޢުވާގެ އުންޞުރުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާތީ، އިބްރާހީމް ރަޝީދުގެ މައްޗަށް ބިރުދައްކައިގެން ޖިންސީ ޢަމަލެއް ހިންގުމަށް އެހެން މީހަކަށް މަޖުބޫރުކުރުވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކުރެވިފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު ޞަފްޢަތު ޙަބީބް

Total Page Visits: 234 - Today Page Visits: 1

You may also like...


WordPress Lightbox Plugin