ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، ޖިންސީ ޢަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުން – ޙަސަން ޢީސާ، ވ.ތިނަދޫ / ބުލްބުލާގެ

355/Cr-C/2019

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ

ޝަރީޢަތް ނިމުނުގޮތް – ވ.ތިނަދޫ، ބުލްބުލާގެ، ޙަސަން ޢީސާ، 2018 ޑިސެންބަރު މަހުން ފެށިގެން އެކި ދުވަސްމަތިން، މީނާގެ [ނަން އުނިކުރެވިފައި]، އަށް މީނާގެ ސެމްސަންގް ބްރޭންޑްގެ އައިއެމްއީއައި ނަންބަރ: 359046084646355، 35904708464353 މޯބައިލް ފޯނުން ޔޫޓިއުބް މެދުވެރިކޮށް އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި، ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކާފައިވާތީކަމަށް ބުނެ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޙަސަން ޢީސާގެ މައްޗަށް ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، ޖިންސީ ޢަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދަޢުވާއަށް ޙަސަން ޢީސާ އިންކާރު ކޮށްފައިވާތީއާއި، ދައުލަތުގެ ފަރާތުން، ޙަސަން ޢިސާގެ މައްޗަށް އުފުލާފައިވާ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، ޖިންސީ ޢަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދަޢުވާގެ ކުށުގެ ރުކުންތައް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާތީ، މި ދަޢުވާއަކީ ހަސަން ޢީސާގެ މައްޗަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކުރެވިފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު ޢަލީ ނަދީމް

Total Page Visits: 134 - Today Page Visits: 1

You may also like...


WordPress Lightbox Plugin