ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުން – ޙަސަން ޢީސާ، ވ.ތިނަދޫ / ބުލްބުލާގެ

354/Cr-C/2019

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ

ޝަރީޢަތް ނިމުނުގޮތް – ވ.ތިނަދޫ، ބުލްބުލާގެ، ޙަސަން ޢީސާ، 2018 ޑިސެންބަރު މަހުން ފެށިގެން އެކި ދުވަސްމަތިން، މީނާގެ [ނަން އުނިކުރެވިފައި]، މީނާ ދިރިއުޅޭ [ނަން އުނިކުރެވިފައި] ގައި މީނާ ދިރިއުޅޭ އެޕާރޓްމަންޓްގައި [ނަން އުނިކުރެވިފައި] ގެ މޭމަތީގައާއި، ކުރިމަތި ފަރާތުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީކަމަށް ބުނެ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، ޙަސަން ޢީސާގެ މައްޗަށް ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއަށް ޙަސަން ޢީސާ އިންކާރު ކޮށްފައިވާތީއާއި، ދަޢުލަތުގެ ފަރާތުން ޙަސަން ޢީސާގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާގެ އެންމެހައި ރުކުންތައް ސާބިތުކޮށްދީފައިވާތީ، މި ދަޢުވާއަކީ ޙަސަން ޢީސާގެ މައްޗަށް ސާބިތުވާ ދަޢުވާއެއްކަމަށް ކަނޑައަޅައި ނަންބަރު 12/2009 (ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން ޙަސަން ޢީސާ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު ޢަލީ ނަދީމް

Total Page Visits: 124 - Today Page Visits: 1

You may also like...


WordPress Lightbox Plugin