އޮރިޔާންކާޑު ގެންގުޅުން – މުޙައްމަދު ޝައިބާން، ނަސްރީނުގެ / ކ.މާފުށި

266/Cr-C/2020

މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން މި ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ

ޝަރީޢަތް ނިމުނުގޮތް – ކ.މާފުށި / ނަސްރީރުގެ، މުޙައްމަދު ޝައިބާން 2020 އޭޕްރީލް 04 ވަނަ ދުވަހު، [ގޭގެ ނަން] ގޯތި ތެރޭގައި ވަކިން ހުންނަ 03 (ތިނެއް) ކޮޓަރީގެ ތެރެއިން ކޮޓަރިއެއްގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީނާގެ އައިފޯން 8 ޕްލަސް (އައި.އީ.އެމް.އައި ނަންބަރު 356771086229958) އެނަލައިޒް ކުރިއިރު، އެ ފޯނުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފައިލް ފެނިފައިވާތީކަމަށްބުނެ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 622 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގެ ދަށުން ދައުލަތުން ދަޢުވާކުރި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ މި ދަޢުވާއަށް މުޙައްމަދު ޝައިބާން އިންކާރުކުރުމާ ގުޅިގެން، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިޤަރީނާއިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީޢަތަށް ހެކިޤަރީނާ ލިބިފައިވާތީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 622 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ދަށުން، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުން މުޙައްމަދު ޝައިބާން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 622 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރާއި ޙަވާލާދީ، އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ޝައިބާން 01 (އެކެއް) މަހާއި 06 (ހައެއް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރެވިފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު

Total Page Visits: 256 - Today Page Visits: 1

You may also like...


WordPress Lightbox Plugin