ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުން – މުޙައްމަދު ޝައިބާން، ނަސްރީނުގެ / ކ.މާފުށި

265/Cr-C/2020

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ

ޝަރީޢަތް ނިމުނުގޮތް – ކ.މާފުށި / ނަސްރީރުގެ، މުޙައްމަދު ޝައިބާން 2020 އޭޕްރީލް 04 ވަނަ ދުވަހުގެ 03:00 އެހައިކަށްހައިއިރު، [ކުއްޖާ] ދިރިއުޅޭ [ގޭގެ ނަން] ގޯތި ތެރޭގައި ވަކިން ހަދާފައި ހުންނަ 03 (ތިނެއް) ކޮޓަރީގެ ތެރެއިން ކޮޓަރިއަކަށް [ކުއްޖާ] ގެންދިއުމަށްފަހު މީނާ [ކުއްޖާ]ގެ ކުރިމަތި ފަރާތަށް ވައްދާ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސި ނިޔަތެއް އޮވެގެން ގަސްތުގައި އަތްލާފައިވާތީކަމަށްބުނެ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ދައުލަތުން ދަޢުވާކުރި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ މި ދަޢުވާއަށް މުޙައްމަދު ޝައިބާން އިންކާރުކުރުމާ ގުޅިގެން، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށާއި، ޤަރީނާތަކަށް ބެލުމުން، މި މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްކަމާއި، މުޙައްމަދު ޝައިބާންއާ ގުޅޭގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުބައި ނިޔަތެއް ޝަކުވާކުރި ކުއްޖާގެ ކިބައިގައި އޮތްކަން އެނގެން ނެތަތީ، މި މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދު ހެކިބަހެއްގެ ގޮތުގައި ޝަރީޢަތަށް ޤަބޫލުކުރެވެން އޮތުމުން، މުޙައްމަދު ޝައިބާންގެ މައްޗަށް ދަޢުވާކުރެވިފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ މި ދަޢުވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުން މުޙައްމަދު ޝައިބާން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން، މުޙައްމަދު ޝައިބާން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޙައްމަދު ޝައިބާން ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 07 (ހަތެއް) އަހަރާއި 04 (ހަތަރެއް) މަސްދުވަހުގެ ޖަލު އަދަބެއް ކަމުގައި ކަނޑައަޅައި، ޙުކުމްކުރެވިފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު

Total Page Visits: 210 - Today Page Visits: 1

You may also like...


WordPress Lightbox Plugin