ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކިގޮތަކަށް އަމަލުނުކުރުމަށް އަންގައި ކުރާ އަމުރު

ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ހައްގު ލިބިގެންވާ މީހެއްކަމުގައިވާތީ، މި ކޯޓުގައި ހިނގަމުންދާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ބައްސާމު ޢަދީލް ޖަލީލް (ނަންބަރު 70,71/Cr-C/2024) ގަޒިއްޔާގެ މައުޟޫއަށް ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން، ގާނޫނުއަސާސީގައި ބަޔާންވެގެންވާ ބުނެވުނު ހައްގަށް އެއްވެސް އަސަރެއް ކުރާނޭ މޭރުމަކުން، ގާނޫނުއަސާސީގެ އެންމެހައި، ހަމަތަކާއި، ގާނޫނާއި، އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނަވަންކަން ނެގެހެއްޓުމުގެ ޒިންމާ ގާނޫނުއަސާސީއިން މަތިކޮށްފައިވާ އެއްވެސް ފަރާތަކުން، ހިޔާލުފާޅުކޮށް ނުހެދުމަށް އަމުރުކޮށް، މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލިދާނެ އަމަލެއް ކަމުގައި އަންގަމެވެ

 

 

Total Page Visits: 59 - Today Page Visits: 2

You may also like...


WordPress Lightbox Plugin