ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވުން – އިބްރާހީމް އިކްރާމް، ކ.މާލެ / ހ. ގާރޑްންބިޔުޓީ

128/Cr-C/2024

މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން މި ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ

ޝަރީޢަތް ނިމުނުގޮތް – މާލެ، ހ. ގާރޑްންބިޔުޓީ، އިބްރާހީމް އިކްރާމްގެ މައްޗަށް ހުށަހަޅާފައިވާ ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިބެލުމުން، މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އަދި އަވަސްނިޔާގެ އަޑުއެހުމުގައި، އިބްރާހީމް އިކްރާމް މި ދަޢުވާއަށް އިޢުތިރާފްވެފައިވާތީ، އިބްރާހިމް އިކްރާމްގެ އިޢުތިރާފުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މި ދަޢުވާ ސާބިތުވެފައިވާތީ، ޤާނޫނު ނަންބަރު: 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި ޙަވާލާދީ އެ ޤާނޫނުގެ އެމާއްދާގެ (ށ)ގެ ދަށުން، ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވުމުގެ ކުށުން އިބްރާހީމް އިކްރާމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅަައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު: 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި ޙަވާލާދީ އެ ޤާނޫނުގެ އެމާއްދާގެ (ށ)ގެ ދަށުން، އިބްރާހީމް އިކްރާމް 06 (ހައެއް) މަސް ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު އިބްރާހީމް އިޙްސާން

Total Page Visits: 50 - Today Page Visits: 1

You may also like...


WordPress Lightbox Plugin