ކްރިމިނަލް ކޯޓު މިއަހަރު ރިސެސް އަށް ނުދިއުމަށް ނިންމައިފި

ކްރިމިނަލް ކޯޓު މިއަހަރު ރިސެސްއަށް ނުދިއުމަށް ކްރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމައިފިއެވެ

އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ މެދުތެރޭގައި (ޖޫން ނުވަތަ ޖުލައި މަހު) އަދި ޑިސެންބަރު މަހު ކްރިމިނަލް ކޯޓުން ރިސެސް އަށް ދެއެވެ

ނަމަވެސް މި އަހަރުގެ ޖޫން މަހުގެ ތެރޭގައިވެސް ކްރިމިނަލް ކޯޓުން ރިސެސްއަށް ނުދިއުމަށް ނިންމާފައިވެއެވެ

މި ޑިސެންބަރު މަހުވެސް ކްރިމިނަލް ކޯޓުން ރިސެސް އަށް ނުދިއުމަށް ނިންމާފައިވަނީ ޖޫން މަހު ރިސެސް އަށް ނުދިއަ ސަބަބުތައް އަދިވެސް އެގޮތުގެ މަތިން ހުރުމުންނެވެ

މިގޮތުން އެ ސަބަބުތަކުގެ ތެރޭގައި

ކޯޓަށް  ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން، ކޯޓުގެ މަސައްކަތްތަކަށް އިންތިހާއަށް ބުރޫ އަރާފައިވުން

މި ކޯޓުގެ އިމާރާތުގެ އެއްބައި ބޭނުން ނުކުރުމަށް ޖޭއެސްސީ އިން އެންގުމާއި ގުޅިގެންކްރިމިނަލް ކޯޓުގެ އިމާރާތް ހުޅުމާލޭގެ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އާރބަންކޯ އާ ހަވާލުކޮށްފައިވާކަމަށް ޑީޖޭއޭ އިން މަޢުލޫމާތު ދީފައިވީނަމަވެސް އިމާރާތުގެ މަސައްކަތް ނިމޭނެ މުއްދަތެއް އަދިވެސް ނޭގުން

އިމާރާތުގެ ދަތިކަން މެދުވެރިވެގެން ކޯޓުން ތާވަލުކުރާ މައްސަލަތަކުގެ އަދަދު%50 އަށް ދަށްވެފައިވާއިރު އަޑުއެހުންތައް ލަސްވުމުގެ ސަބަބުން ދަޢުވާ ލިބޭ  ފަރާތްތަކުގެ ޚާއްސަކޮށް ބަންދުގައި ތިބި ފަރާތްތަކުގެ ޝަކުވާ ގިނަ އަދަދަކަށް ކޯޓަށް ހުށަހެޅުމުން ދިއުން

އަޑުއެހުންތައް މަދުވުމުގެ ސަބަބުން، ކޯޓުން ނިންމާ މައްސަލަތަކުގެ އަދަދު ދަށްވެ، ޤާޟީންގެ ބެކްލޮގް މައްސަލަތައް އިތުރުވެފައިވުން

މިވަގުތު ކޯޓުގެ މަަސައްކަތުގެ މާހައުލު އޮތްގޮތުން، ކޯޓުގެ ރިސެސްއަށް ދިއުމުގެ މަސްލަހަތެއް އޮތްކަމަށް ނުފެނުން

މީގެއިތުރުންކޯޓުގެ އިމާރާތުގެ ހާލަތު މިވަގުތު ހުރި ގޮތުން ކޯޓަށް ހާޒިރުވެ މަސައްކަތްކުރުމަކީކޯޓުގެ ހުރިހާ މުވައްޒަފުންނަށްވެސް ހުރި ނުރައްކަލެއްކަމުގައި ފާހަގަވިނަމަވެސް ކޯޓުގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ ގޮތަށް ކޯޓަށް ހާޒިރުވެ މުވައްޒަފުންގެ މަސައްކަތްކުރުމަށްޓަކައި ދެއްވާ އަހުމިއްޔަތު ފާހަގަކޮށް މިކަމަށް ކޯޓުގެ ޤާޟީން ޝުކުރު އަދާކޮށްފައިވެއެވެ

Total Page Visits: 126 - Today Page Visits: 1

You may also like...


WordPress Lightbox Plugin