ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުން – އިބްރާހީމް އާދަމްފުޅު، ކ. މާލެ / މއ. ގުލްބަކާގެ

651/Cr-C/2021

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ

ޝަރީޢަތް ނިމުނުގޮތް – ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، އިބްރާހީމް އާދަމްފުޅުގެ  މައްޗަށް ކުރެވުނު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލިއުމުގެ ކުށުގެ ދަޢުވާއަށް އިބްރާހީމް އާދަމްފުޅު ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކުރިނަމަވެސް، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ހެކި ޤަރީނާއަށް ބަލާއިރު، މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ މައްސަލައެއްކަމުގައި ކަނޑައަޅައި،

ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލިއުމުގެ ކުށުން ކ.މާލެ / މއ.ގުލްބަކާގެ، އިބްރާހީމް އާދަމްފުޅު، ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،

މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން،  ކ.މާލެ / މއ.ގުލްބަކާގެ، އިބްރާހީމް އާދަމްފުޅު،، 12 (ބާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރެވިފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީި – އިސްޤާޟީ އާދަމް މުޙައްމަދު

Total Page Visits: 107 - Today Page Visits: 1

You may also like...


WordPress Lightbox Plugin