އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން – މުޙައްމަދު ޙަމީދު، ކ. މާލެ / ދަފްތަރު. ނަންބަރު ރސ 7471

249/Cr-C/2017

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ

ޝަރީޢަތް ނިމުނުގޮތް – ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއަށް މުޙައްމަދު ޙަމީދު އިންކާރުކޮށްފައިވާތީ، މި ދަޢުވާ ސާބިތުކުރުމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިނުވާތީއާއި، މި ދަޢުވާގެ އުންޞުރުތައް ދިވެހިރާއްޖޭގެެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާތީ، މުޙައްމަދު ޙަމީދުގެ މައްޗަށް ދައުލަތުން ކުޅަ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ޙުކުމްކުރެވިފައި 

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީި – ޤާޟީ ޞަފްޢަތު ޙަބީބް

Total Page Visits: 159 - Today Page Visits: 1

You may also like...


WordPress Lightbox Plugin