ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަސްދުގައި އަތްލުން – ނިޝާން އިބްރާހީމް، ބ.ތުޅާދޫ / ދުންފިނިގެ
96/Cr-C/2020
މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ
ޝަރީޢަތް ނިމުނުގޮތް – ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް، ޝަރީޢަތަށް ސާބިތުވެފައިވާ މައްސަލައެއްކަމުގައި ކަނޑައަޅައި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުން ބ.ތުޅާދޫ / ދުންފިނިގެ، ނިޝާން އިބްރާޙީމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި
މި ކުށުގެ އުޤޫބާތެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން، ނިޝާން އިބްރާޙީމް 14 (ސާދަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރެވިފައި
މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީި – ޤާޟީ އިސްމާޢީލް ޝަފީޢު