ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފުވުން – އަޙްމަދު އިސާމް، ރ.މަޑުއްވަރި / ސަޢީދާ މަންޒިލް

257/Cr-C/2022

މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން މި ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ

ޝަރީޢަތް ނިމުނުގޮތް – ރ.މަޑުއްވަރި، ސަޢީދާ މަންޒިލް، އަޙްމަދު އިސާމްގެ މައްޗަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފުވުމުގެެ ކުށުގެ ދަޢުވާކުރުމުން، ދައުލަތުން ކުރި މި ދަޢުވާއަށް މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އަދި އަވަސްނިޔާގެ އަޑުއެހުމުގައި، އަޙްމަދު އިސާމް އިޢުތިރާފްވެފައިވާތީ، އަޙްމަދު އިސާމްގެ އިޢުތިރާފުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މި ދަޢުވާ ސާބިތުވެފައިވާތީ، އަޙްމަދު އިސާމްގެ މައްޗަށް، ޤާނޫނު ނަންބަރު: 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި ޙަވާލާދީ އެ ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފުވުމުގެ ކުށުން އަޙްމަދު އިސާމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އަޙްމަދު އިސާމް -/10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށް ޙުކުމްކޮށްފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު އިބްރާހީމް އިޙްސާން

Total Page Visits: 95 - Today Page Visits: 1

You may also like...


WordPress Lightbox Plugin