އާންމު ތަނެއްގައި ހުރި މީހަކު، އެމީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުން – ޙަސަން މޫސާ ދީދީ، އަންނާރުމާގެ / ގއ.ކަނޑުހުޅުދޫ

589/Cr-C/2020

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ

ޝަރީޢަތް ނިމުނުގޮތް – ގއ.ކަނޑުހުޅުދޫ / އަންނާރުމާގެ، ޙަސަން މޫސާ ދީދީ 2019 ޑިސެމްބަރު 19 ވަނަ ދުވަހު، 18:00 އެހަކަން ހާއިރު، [ކުއްޖާގެ ނަން] އިތުރު ކުދިންތަކަކާއެކު [ގޭގެ ނަން] ކުރިމަތީ މަގުގައި ކުޅެއް ތިއްބައި މީނާ މިކުދިންނަށް ގޮވައި، މި ކުދިންނަށް ފައިސާދޭން މަސައްކަތްކޮށް، މީނާއާއެކު ކޮޓައިރަށް ދިއުމަށް އެދި، މީނާއާއެކު ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދިފައިވާތީކަމަށްބުނެ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 615 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ދައުލަތުން ދަޢުވާކުރި އާންމު ތަނެއްގައި ހުރި މީހަކު، އެމީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ މި ދަޢުވާއަށް ޙަސަން މޫސާ ދީދީގެ ފަރާތުން އިންކާރުކުރިނަމަވެސް، މިމައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންނާއި ލިޔެކިޔުންތަކުން، މި ދަޢުވާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ މައްސަލައެއްކަމުގައި ކަނޑައަޅައި

ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 615 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި، ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން އާންމު ތަނެއްގައި ހުރި މީހަކު، އެމީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުން ގއ.ކަނޑުހުޅުދޫ / އަންނާރުމާގެ، ޙަސަން މޫސާ ދީދީ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި

މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 615 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި، ޙަވާލާދީ، އެ މާއްދާގެ (ށ) އާއި، ޤާނޫނުލްޢުޤޫބާތުގެ 1102 ވަނަ މާއްދާ އާއި 1104 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާގެ ދަށުން ގއ.ކަނޑުހުޅުދޫ / އަންނާރުމާގެ، ޙަސަން މޫސާ ދީދީ 01 (އެކެއް) މަހާއި 24 (ސައުވީސް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރެވިފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު އާދަމް މުޙައްމަދު

Total Page Visits: 170 - Today Page Visits: 1

You may also like...


WordPress Lightbox Plugin