ރޭޕްކުރުން – ޔޫސުފް ޙުސާމް، ބްލޫހައުސް / ށ.މިލަންދޫ
727/Cr-C/2019
މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން މި ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ
ޝަރީޢަތް ނިމުނުގޮތް – ށ.މިލަންދޫ / ބްލޫހައުސް، ޔޫސުފް ޙުސާމް، 2019 އޮކްޓޯބަރު 04 ވަނަ ދުވަހުގެ 23:00 އެހައިކަށްހައިއިރު، މީނާ [ނަން އުނިކުރެވިފައި]، [ގޭގެ ނަން] އަށް ގެންގޮސް، މީނާ [ނަން އުނިކުރެވިފައި] ލައިގެން ހުރި ކަޅުކުލައިގެ ޓައިޓާއި، ޖަނގިޔާ ބޭލުވުމަށްފަހު، ޔޫސުފް ޙުސާމްގެ ކުރިމަތި ފަރާތް [ނަން އުނިކުރެވިފައި] ގެ ކުރިމަތި ފަރާތަށް ގަދަކަމުން ވައްދައި، [ނަން އުނިކުރެވިފައި] ރޭޕްކޮށްފައިވާތީކަމަށްބުނެ، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ދައުލަތުން ދަޢުވާކުރި ރޭޕުކުރުމުގެ ކުށުގެ މި ދަޢުވާއަށް ޔޫސުފް ޙުސާމް އިންކާރުކޮށްފައިވީނަމަވެސް، ދަޢުވާގައި ބަޔާންކޮށްފައިވާ ވާޤިޢާ އެގޮތުގައި ހިނގާފައިވާކަމަށް އިޤުތިނާޢުވެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާތީ، ޔޫސުފް ޙުސާމްގެ މައްޗަށް ދައުލަތުން ކުޅަ ރޭޕްކުރުމުގެ ކުށުގެ ދަޢުވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި
ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ރޭޕްކުރުމުގެ ކުށުން ށ.މިލަންދޫ / ބްލޫހައުސް، ޔޫސުފް ޙުސާމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި
މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޔޫސުފް ޙުސާމް 15 (ފަނަރަ) އަހަރު ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށް
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޔޫސުފް ޙުސާމް މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ހޭދަކުރި 03 (ތިނެއް) އަހަރާއި 02 (ދޭއް) މަހާއި 06 (ހައެއް) ދުވަސް ޔޫސުފް ޙުސާމްގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން އުނިކުރުމުން، ތަންފީޒުކުރަންޖެހޭ އަދަބަކީ 11 (އެގާރަ) އަހަރާއި 09 (ނުވައެއް) މަހާއި 24 (ސައުވީސް) ދުވަސް ކަމަށް ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކުރެވިފައި
މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު އާދަމް މުޙައްމަދު