ރޭޕްކުުރުމުގައި އެހީތެރިވެދިނުން – ޙުޛައިފަތު ރަޝީދު، ޕިޔާނާގެ / ބ.ހިތާދޫ
1310/Cr-C/2016
މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން މި ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައެއް ނުވޭ
ޝަރީޢަތް ނިމުނުގޮތް – ޙުޛައިފަތު ރަޝީދުގެ މައްޗަށް ކުޅަ މިދަޢުވާ ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކި ޤަރީނާ ލިބިފައިނުވާތީއާއި، މައްސަލާގައި ހުށަހަޅާފައިވާ ރިޕޯޓުތަކުގެ ޞައްޙަކަން ކަށަވަރުކޮށްދޭ ޗެއިން އޮފް ކަސްޓަޑީ ހުށަހަޅާފައިނުވާތީއާއި، ތަޙުޤީޤަށް ދީފައިވާ ބަޔާނަކީ ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ބިނާކުރުމަށް މުހިއްމު އެއްޗެއްކަމަށް ވީނަމަވެސް، ޝަރީޢަތުގައި ހެކީގެ ގޮތުގައި ބެލެވޭނީ ހެކިން ޝަރީޢަތުގެ މަޖިލީހުގައި ދޭ ހެކިބަސްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަލީ އާނިސް ޝަމީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް މައްސަލާގައި ކަނޑައަޅުއްވާފައިވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށްކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެއްކަމަށްވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ 268 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮތަތީއާއި، ޢަމަލުކުރުމަށް އޮންނަ އެއްވެސް އިޖުރާޢަތެއް ދޫކޮށްލައިފިނަމަ، މުއްތަހަމަށް ޤާނޫނުގައި ލިބިދީފައިވާ ޙައްޤުތަކުން މަޙްރޫމުވާނެކަމާއި، މިއިން ޙައްޤަކުން މަޙްރޫމްކުރުމަކީ އިންސާފުވެރި ޙުކުމާއި ހަމައަށް ވާޞިލްވުމަށް ހުރަސްއެޅޭނެކަމެއްކަމާއި، ހުށަހެޅޭ ލިޔުންތަކުގައި ހުންނަ މަޢުލޫމާތުގެ ފުށުއެރުމާއި، ހިމެނެންޖެހޭ މަޢުލޫމާތު ނުހިމެނި އެފަދަ މަޢުލޫމާތު އުނިވުމުގެ ސަބަބުން، ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނިސްބަތް ނުކުރެވޭނަމަ ނުވަތަ އެކަމުގައި އެކަށީގެންވާ މިންވަރުގެ ޝައްކުތަކެއް ހުރިނަމަ، އެ ދަޢުވާއެއް އެ މުއްތަހަމެއްގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ކަނޑައެޅުމުގެ ޖާގައެއް ނޯންނާނެ ކަމާއި، ބާޠިލްކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާޠިލްކަމަކަށްވާނެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤާސިމް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއަށް ބެލުމުން އެނގެން އޮތަތީ، ބ.ހިތާދޫ / ޕިޔާނާގެ، ޙުޛައިފަތު ރަޝީދުގެ މައްޗަށް މި މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅައި، ޙުކުމްކުރެވިފައި