ކްރިމިނަލް ކޯޓުގެ ނޫސް ބަޔާން
ސ.މީދޫ / އަލިވާގެ، ޢަބްދުﷲ ސަޢީދުގެ މައްޗަށް މިކޯޓަށް ހުށަހަޅާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން، 18 މާރިޗު 2018 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން ނިމުމުން، ޢަބްދުﷲ ސަޢީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން މައްސަލަ ބައްލަވާ ޤާޟީ މައްސަލަ ކުރިއަށް ގެންދަވާނީ ހިތުހުރިގޮތަކަށް ކަމަށް ވިދާޅުވިކަމަށް ބުނެ ފަތުރާފައިވާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެކެވެ. މިބާވަތުގެ ދޮގު ވާހަކަތައް ފަތުރައިގެން، މިކޯޓާއި، މިކޯޓުގެ ޤާޟީންނާމެދު ޢާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭގޮތަށް، ކޯޓުގެ ޙުރުމަތް ކެނޑޭނޭހެން ވާހަކަ ދައްކާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. އިތުރަށްވިދާޅުވުމަށް