ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުން – މުޙައްމަދު ޝަޒްލީފް، މާކަރީލައިޓް / ލ.ކަލައިދޫ

142/Cr-C/2018

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ އަނިޔާލިބުނު ފަރާތުގެ މަޞްލަޙަތު ރައްކާތެރިކުރުމުގެ ގޮތުން

ޝަރީޢަތް ނިމުނުގޮތް – ލ.ކަލައިދޫ / މާކަރީލައިޓް، މުޙައްމަދު ޝަޒްލީފް، 07 ޖަނަވަރީ 2018 ދުވަހު 01:11 އެހައިކަށްހައިއިރު، [ނަން އުނިކުރެވިފައި] [ތަނުގެ ނަން އުނިކުރެވިފައި] އަށް ވެއްދުމަށްފަހު، [ނަން އުނިކުރެވިފައި] ގެ ނުރުހުމުގައި [ނަން އުނިކުރެވިފައި] ގެ އޮރިޔާން ފޮޓޯ ނެގިކަމަށް [ނަން އުނިކުރެވިފައި] ބުނާތީއާއި މި މައްސަލައާ ގުޅިގެން، ލ.ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މީނާގެ ތަކެތި ބަލައި ފާސްކުރިއިރު، މީނާ ދިރިއުޅެމުން ދިޔަ ލ.ކަލައިދޫ، މާކަރީލައިޓް ގޭގައި، މީނާ ދިރިއުޅޭ ކޮޓަރީގައި ހުރި އެނދުގެ ގޮދަޑި ދަށުން ފެނުނު ”ސެމްސަންގް ގެލެކްސީ ޖޭ5“ މޮބައިލް ފޯނުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާތީއާއި މި ފޮޓޯތަކަކީ މީނާގެ ފޯނުން ނަގާފައިވާ [ނަން އުނިކުރެވިފައި] ގެ ވީޑިއޯ އަދި ފޮޓޯތަކެއްކަމަށް [ނަން އުނިކުރެވިފައި] ބުނާތީކަމަށްބުނެ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ދައުލަތުން ދަޢުވާކުރި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ މި ދަޢުވާއަށް ދަޢުވާލިބޭ ފަރާތުން އިންކާރުކުރުމުން ދައުލަތުން ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިޤަރީނާއިން މި ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާތީ

ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށުން މުޙައްމަދު ޝަޒްލީފް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި

މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ށ) ގެ ދަށުން މުޙައްމަދު ޝަޒްލީފް 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް

ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޙައްމަދު ޝަޒްލީފް ތަންފީޒުކުރަންޖެހޭ އަދަބަކީ 17 (ސަތާރަ) އަހަރާއި 10 (ދިހައެއް) މަހާއި 16 (ސޯޅަ) ދުވަހުގެ ޖަލު އަދަބުކަމުގައި ކަނޑައެޅިފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު

Total Page Visits: 252 - Today Page Visits: 1

You may also like...


WordPress Lightbox Plugin