އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން – ޢަލީ ޝާތިރު، ޝާރާޒް / ދ.ހުޅުދެލި

29/Cr-C/2022

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ

ޝަރީޢަތް ނިމުނުގޮތް – ދ.ހުޅުދެލި / ޝާރާޒް، ޢަލީ ޝާތިރު 2021 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަސްތެރޭގައި، [ކުއްޖާގެ ނަން] [ގޭގެ ނަން] އަށް މީނާގެ ގާތަށް ޤުރްއާން ކިޔެވުމަށް ދިޔަ ދުވަހެއްގައި، ކުއްޖާގެ ގާތު ’ވަރަށް ލޯބިވެޔޭ‘ ބުނެ މީނާ ކުއްޖާގެ މޭމަތީގައި އަތްލާފައިވާތީކަމަށްބުނެ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ދައުލަތުން ދަޢުވާކުރި އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ މި ދަޢުވާއަށް ޢަލީ ޝާތިރުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކުރިނަމަވެސް، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ހެކި ޤަރީނާއަށް ބަލާއިރު، މި ދަޢުވާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ މައްސަލައެއްކަމުގައި ކަނޑައަޅައި

ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުން ދ.ހުޅުދެލި / ޝާރާޒް، ޢަލީ ޝާތިރު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި

މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ދ.ހުޅުދެލި / ޝާރާޒް، ޢަލީ ޝާތިރު 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް

ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 އަށް ރިޢާޔަތްކޮށް، މިމައްސަލައާ ގުޅިގެން ތަޙްޤީޤު މަރުޙަލާގައި އަދި ޝަރީޢަތުގެ މަޖިލީހުގައި ދ.ހުޅުދެލި / ޝާރާޒް، ޢަލީ ޝާތިރު 1 (އެކެއް) އަހަރާއި 4 (ހަތަރެއް) މަސްދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، މީނާ ބަންދުގައި ހުރި މުއްދަތު ޙުކުމުގެ މުއްދަތުން އުނިކުރުމުން މީނާ މި ދަޢުވާއާ ގުޅިގެން ތަންފީޒުކުރަންޖެހޭ އަދަބަކީ 13 (ތޭރަ) އަހަރާއި 8 (އަށެއް) މަސްދުވަސް ކަމަށް ކަނޑައަޅައި މިގޮތުގެ މަތިން ޙުކުމްކުރެވިފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު އާދަމް މުޙައްމަދު

Total Page Visits: 277 - Today Page Visits: 1

You may also like...


WordPress Lightbox Plugin