ޢާއިލާގެ މެންބަރަކު އެ ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން – އިބްރާހީމް ދީދީ އަދި ޙަސަން މޫސާދީދީ

89/Cr-C/2020
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ

ޝަރީޢަތް ނިމުނުގޮތް – ގއ.ކަނޑުހުޅުދޫ / ރިހިވެލި، އިބްރާހީމް ދީދީއާއި، ގއ.ކަނޑުހުޅުޅޫ / އަންނާރުމާގެ، ޙަސަން މޫސާދީދީގެ މައްޗަށް ދަޢުވާކުރާ ޢާއިލާގެ މެންބަރަކު އެ ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލި ބެލުމުން، 17 ޖަނަވަރީ 2020 ދުވަހުގެ ކުރީގެ ތަފާތު އެކި ދުވަސްމަތިން، އިބްރާހީމް ދީދީގެ ކާފަ ދަރި އަދި ޙަސަން މޫސާ ދީދީގެ މުނިކާފަ ދަރީގެ ކުރިމަތިފަރާތުގައި އަތްލާފައިވާތީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދަގެ (ށ) ގެ ދަށުން، ޢާއިލާގެ މެންބަރަކު އެ ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން އިބްރާހީމް ދީދީއާއި، ޙަސަން މޫސާދީދީ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުން، އިބްރާހީމް ދީދީއާއި، ޙަސަން މޫސާދީދީ 25 (ފަންސަވީސް) އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށް

ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މައްސަލައާ ގުޅިގެން ޖަލު އަދަބުގެ ގޮތުގައި އިބްރާހީމް ދީދީއާއި، ޙަސަން މޫސާދީދީ ތަންފީޒުކުރަންޖެހޭ މުއްދަތަކީ، 22 (ބާވީސް) އަހަރާއި 06 (ހައެއް) މަހާއި 10 (ދިހައެއް) ދުވަސްކަމަށް ކަނޑައަޅައި، މި ގޮތުގެމަތިން ޙުކުމްކުރެވިފައި

Total Page Visits: 243 - Today Page Visits: 1

You may also like...


WordPress Lightbox Plugin