އޮރިޔާންކާޑު ގެންގުޅުން – މުޙައްމަދު ނިޝާން، އާރު / ށ.ނަރުދޫ

229/Cr-C/2022

މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން މި ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައެއް ނުވޭ

 

ޝަރީޢަތް ނިމުނުގޮތް – މުޙައްމަދު ނިޝާންގެ މައްޗަށް ކުޅަ މިދަޢުވާއަށް މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި އަދި އަވަސްނިޔާގެ އަޑުއެހުމުގައި، މުޙައްމަދު ނިޝާން އިޢުތިރާފުވެފައިވާތީ، މުޙައްމަދު ނިޝާންގެ އިޢުތިރާފުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މި ދަޢުވާ ޝަރީޢަތަށް ސާބިތުވެފައިވާތީ

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުން މުޙައްމަދު ނިޝާން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި؛

މި މައްސަލައިގައި މުޙައްމަދު ނިޝާން އާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހަދާފައިވާ ’އިޢުތިރާފުގެ އެއްބަސްވުން‘ ޝަރީޢަތަށް ބަލައިގަތުމަށް ނިންމައިފައިވީ ހިނދު، އެ އެއްބަސްވުމުގައިވާ ގޮތަށް، މި ކުށުގެ އުޤޫބާތެއްގެ ގޮތުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގެ ދަށުން، މުޙައްމަދު ނިޝާން 18 (އަށާރަ) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް؛

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1202 ވަނަ މާއްދާ އާއި 1005 ވަނަ މާއްދާގެ (ހ) ގެ ދަށުން ތިންހާސް ހަސަތޭކަ ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަކަށް ބަދަލުކޮށް، މި ފައިސާ މިއަދު (19 ޖޫން 2022) ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށް، މި ޤަޟިއްޔާ ނިންމާފައިވޭ

Total Page Visits: 286 - Today Page Visits: 1

You may also like...


WordPress Lightbox Plugin