ޝަރީޢަތުގެ މަޖިލީހަށް ލެޕްޓޮޕާއި ޓެބްލެޓާއި ސްމާޓް ފޯނު ވެއްދުމާގުޅޭ
ޖިނާއީ ޢަދުލު ނިޒާމުގެ ދުވެލި އަވަސްކޮށް ޒަމާނީ އުޞޫލުތައް ތަޢާރަފްކުރުމަށް މި ކޯޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި އެންމެ މުހިންމު އެއްފިޔަވަޅަކީ، 07 ސެޕްޓެމްބަރ 2020 އިންފެށިގެން، ދައުލަތުގެ ވަކީލުންނާއި ދަޢުވާލިބޭ ފަރާތުގެ ވަކީލުންނަށް ލެޕްޓޮޕާއި ޓެބްލެޓާއި ސްމާޓް ފޯން ޝަރީޢަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުޞަތު ދިނުމަށް ކްރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމައި އެފުރުޞަތު ފަހިކޮށް ދިނުމެވެ. އެނިންމުމާ އެއްގޮތައް ވަކީލުންނަށް ލެޕްޓޮޕާއި ޓެބްލެޓާއި ސްމާޓް ފޯނު، ޝަރީޢަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުޞަތު ދެވެމުންދަނީ އެއްވެސް ޤައިދުކުރުމެއްނެތިއެވެ. އިތުރަށް ވިދާޅުވުމަށް