ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ލައިވް ޓެލެކާސްޓް ކުރުމުގެ އުޞޫލު އަލުން މުރާޖަޢާކޮށް ޢާންމުކޮށްގެން ނޫނީ ޝަރީޢަތްތައް ލައިވް ޓެލެކާސްޓް ނުކުރުމަށް ނިންމައިފި
ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ޓެލެކާސްޓް ކުރުމުގެ އުޞޫލު އަލުން މުރާޖަޢާކޮށް ޢާންމުކޮށްގެން ނޫނީ އަލަށް ހިންގާ އެއްވެސް ޝަރީޢަތެއް ޓެލެކާސްޓް ނުކުރުމަށާއި، މިހާރު ޓެލެކާސްޓް ކުރަން ފެށިފައިވާ މައްސަލައިގެ ދެފަރާތުންކުރެ ފަރާތަކުން ޓެލެކާސްޓް ކުރުމަށް އިޢްތިރާޟް ނުކުރާނަމަ، ޓެލެކާސްޓް ކުރުމަށާއި، ދެން އެންމެ އަވަހަށް ބޭއްވޭ އަޑުއެހުމެއްގައި ޓެލެކާސްޓް ކުރަން ފެށުމުގެ ކުރިން އެކަމާއިމެދު ދެފަރާތުގެ ބަހެއް ހޯދުމަށްފަހު ކުރިއަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމައިފިއެވެ.
Total Page Visits: 536 - Today Page Visits: 1