މީހަކު، ކުޑަކުއްޖަކަށް އެމީހަކު ލައިގެން ހުރި ހެދުމެއްގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުން – ޙުސައިން ޒާހިނު، މިޔަވާލި / ތ.ގުރައިދޫ
541/Cr-C/2020
މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ
ޝަރީޢަތް ނިމުނުގޮތް – ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، ތ.ގުރައިދޫ / މިޔަވާލި، ޙުސައިން ޒާހިނުގެ މައްޗަށް ދައުލަތުން ކުޅަ މީހަކު، ކުޑަކުއްޖަކަށް އެމީހަކު ލައިގެން ހުރި ހެދުމެއްގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ކުށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މި ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި
މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން ޙުސައިން ޒާހިނު 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށްް ޖަލަށްލުމަށް ޙުކުމްކޮށްފައި