ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން – މުޙައްމަދު އަޙްމަދު، ޏ.ފުވައްމުލައް / ދަޑިމަގު، ދީފްރަމްގެ
267/Cr-C/2020
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ
ޝަރީޢަތް ނިމުނުގޮތް – ޏ.ފުވައްމުލައް، ދަޑިމަގު، ދީފްރަމްގެ، މުޙައްމަދު އަޙްމަދު، 2019 އަހަރާއި 2020 ވަނަ އަހަރުގެ މާރިޗު މަހާއި ދެމެދުގެ ދުވަހެއްގައި، މީނާ ދިރިއުޅޭ [ނަން އުނިކުރެވިފައި]، [ނަން އުނިކުރެވިފައި] ބަހައްޓާފައި ހުރިއިރު، މީނާ ޖިންސީ ނިޔަތެއް އޮވެގެން ކުއްޖާގެ ކުރިމަތި ފަރާތުގައި ޤަޞްދުގައި އަތްލާފައިވާތީކަމަށް ބުނެ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، މުޙައްމަދު އަޙްމަދުގެ މައްޗަށް ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއަށް މުޙައްމަދު އަޙްމަދު އިންކާރު ކޮށްފައިވާތީއާއި، ދައުލަތުގެ ފަރާތުން މުޙައްމަދު އަޙްމަދުގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާގެ އެންމެހައި ރުކުންތައް ސާބިތުކޮށްދީފައިވާތީ، މި ދަޢުވާއަކީ މުޙައްމަދު އަޙްމަދުގެ މައްޗަށް ސާބިތުވާ ދަޢުވާއެއް ކަމަށް ކަނޑައަޅައި މުޙައްމަދު އަޙްމަދު ކޮށްފައިވާ ޢަމަލުގެ ބާވަތާއި ކުއްޖާގެ އުމުރުގެ ހަގުކަމަށް ރިޢާޔަތްކޮށް 16 އަހަރުގެ މުއްދަތަށް މުޙައްމަދު އަޙްމަދު ޖަލަށްލުމަށް ޙުކުމްކޮށްފައި
މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު ޢަލީ ނަދީމް