އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން – ޢަލީ ޖަޒްލާން ޙަމީދު، ގ.މާލެހިޔާ 1 03-19 / މާލެ

316/Cr-C/2021

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ

ޝަރީޢަތް ނިމުނުގޮތް – ގ.މާލެހިޔާ 1 03-19 ޢަލީ ޖަލްޒާން ޙަމީދު ޑިސެމްބަރު 2020 ދުވަހުން ފެށިގެން 28 ފެބުރުވަރީ 2021 ދުވަހާ ހަމަޔަށް، [ކުއްޖާގެ ނަން] މީނާ ދިރިއުޅޭ ގ.މާލެހިޔާ 1 03-19 ގޭގައި ބަހައްޓާފައިވަނިކޮށް، އެކުއްޖާގެ ކުރިމަތި ފަރާތަށް މީނާގެ އިނގިއްޔާއި ގަލަން ފަދަ ތަކެތި ވައްދާފައިވާތީއާއި، ކުއްޖާގެ ފުރަގަސް ފަރާތަށް މީނާގެ ޖިންސީ ގުނަވަން ވައްދައި އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވާތީކަމަށްބުނެ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ދައުލަތުން ދަޢުވާކުރި އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކުރެވިފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު އާދަމް މުޙައްމަދު

Total Page Visits: 178 - Today Page Visits: 1

You may also like...


WordPress Lightbox Plugin