ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުން – ޢަބްދުﷲ ފަރުހާދު އާއި އިތުރު ދެމީހުން

140/Cr-C/2019
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ

ޝަރީޢަތް ނިމުނުގޮތް – ޏ.ފުވައްމުލައް، ފުނާޑު، ގިފްޓް، އަޙްމަދު ޢާޞިމް، އާއި ޏ.ފުވައްމުލައް، މިސްކިތްމަގު، ލީނާ، ޢަބްދުﷲ ފަރުހާދު އަދި ޏ.ފުވައްމުލައް، ފުނާޑު، ނިކަ، މުޙައްމަދު ޙުސައިން، މި ތިން މީހުންކުރެ ކޮންމެ މީހަކު، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި؛ އަދި

މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، އަޙްމަދު ޢާޞިމްއާއި، ޢަބްދުﷲ ފަރުހާދުއާއި، މުޙައްމަދު ޙުސައިން، މި ތިން މީހުންކުރެ ކޮންމެ މީހަކު 10 (ދިހައެއް) އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް؛ އަދި

ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މައްސަލައާ ގުޅިގެން ޖަލު އަދަބުގެ ގޮތުގައި އަޙްމަދު ޢާޞިމްއާއި ޢަބްދުﷲ ފަރުހާދުއާއި މުޙައްމަދު ޙުސައިން، މި ތިން މީހުންކުރެ ކޮންމެ މީހަކު، ތަންފީޒުކުރަންޖެހޭ މުއްދަތަކީ، 9 (ނުވައެއް) އަހަރާއި 10 (ދިހައެއް) މަހާއި 15 (ފަނަރަ) ދުވަސްކަމަށް ކަނޑައަޅައި، މި ގޮތުގެމަތިން ޙުކުމްކުރެވިފައި

Total Page Visits: 301 - Today Page Visits: 1

You may also like...


WordPress Lightbox Plugin