ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާގެ ޙާޟިރުގައި، އެކުއްޖާއަށް ދެއްކުމުގެ މަޤްޞަދުގައި ޖިންސީ ޢަމަލެއް ހިންގުން – އަޙްމަދު އަޒްމީން، ތުޑީގެ / ވ.ކެޔޮދޫ
655/Cr-C/2019
މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ
ޝަރީޢަތް ނިމުނުގޮތް – ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް، ޝަރީޢަތަށް ސާބިތުވެފައިވާ މައްސަލައެއްކަމުގައި ކަނޑައަޅައި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދަގެ (ށ) ގެ ދަށުން، އަޙްމަދު އަޒްމީން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާގެ ޙާޟިރުގައި، އެކުއްޖާއަށް ދެއްކުމުގެ މަޤްޞަދުގައި ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި
މި ކުށުގެ އުޤޫބާތެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދަގެ (ށ) ގެ ދަށުން، އަޙްމަދު އަޒްމީން 17 (ސަތާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރެވިފައި