މިއަހަރުގެ ޖޫން 27ން ޖުލައި 10 ގެ ނިޔަލަށް ކޯޓު ރިސެސްއަށް ދިއުމަށް ނިންމައިފި

މިއަހަރުގެ ޖޫން 27ން ޖުލައި 10 ގެ ނިޔަލަށް ކްރިމިނަލް ކޯޓު ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ. މިމުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެހެން ބާއްވަންޖެހޭ ޚާއްޞަ ޝަރީޢަތްތަކުގެ އަޑުއެހުންތައް އެކަންޏެވެ. ނަމަވެސް، ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރެވޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި ތަޙްޤީޤުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުން ގެންދާނެއެވެ.

މީގެއިތުރުން، މުރާޖަޢާކުރެވުނު ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް މިކޯޓުގެ ޤާޟީންނާއި ލީގަލް މުވައްޒަފުން އަހުލުވެރިވުމުގެ ގޮތުން ބާއްވާ ޕްރޮގްރާމަކާއި ދިވެހި ބަހުގެ އެކަޑެމީއާ ގުޅިގެން ކޯޓުގެ މުވައްޒަފުން ދިވެހި ބަހަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Total Page Visits: 450 - Today Page Visits: 1

You may also like...


WordPress Lightbox Plugin