ކޮވިޑް-19 އާ ގުޅިގެން، ސަރުކާރު ބަންދުވެފައިވީ ނަމަވެސް، ކޮންމެހެން ހިންގަންޖެހޭ ޝަރީޢަތްތައް ހިންގުމަށްޓަކައި ވަކި ވަގުތު ތަކެއްގައި ކްރިމިނަލް ކޯޓު ހުޅުވަން ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން، ދިވެހިރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާނުކުރުމުން، 19 މާރިޗު 2020 އިން ފެށިގެން  ސަރުކާރު ބަންދު ކޮށްފައިވީނަމަވެސް، އަދުލު އިންސާފުޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ލިބުމަކީ މުހިއްމުކަމެއްކަމުގައިވާތީ، މި ކޯޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި، އެކި ކަންކަމަށް ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް މެދުނުކެނޑި 24 ގަނޑިއިރު މިދަނީ ކުރަމުންނެވެ.  މީގެއިތުރުން، ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައިވެސް ކޮންމެހެން ހިންގަންޖެހޭ ޝަރީޢަތްތަކެއް ހިންގުމަށްޓަކައި، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 15:00 އަށް ކޯޓު ހުޅުވުމަށް ވަނީ ނިންމާފައެވެ. އިތުރަށްވިދާޅުވުމަށް

Total Page Visits: 350 - Today Page Visits: 1

You may also like...


WordPress Lightbox Plugin