ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއްސުޢޫދު ސަސްޕެންޑުކުރަން ނިންމުން

ދައުލަތުން ސ.މީދޫ / އަލިވާގެ، ޢަބްދުﷲ ސަޢީދުގެ މައްޗަށް ހުށަހަޅާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން، 18 މާރިޗު 2018 ވަނަ ދުވަހު މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމާގުޅޭގޮތުން މީޑިއާގައި ޢަބްދުﷲ ސަޢީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙުސްނުއްސުޢޫދު ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން މިކޯޓުން ބަލަމުންދާ މައްސަލާގައި ވަކިގޮތެއް ކަނޑައަޅަންދެން، ސ.މީދޫ / ޙަސަންކާރިގެ، އަލްއުސްތާޛް ޙުސްނުއްސުޢޫދު 20 މާރިޗު 2018 ދުވަހުން ފެށިގެން މިކޯޓުގައި ހިނގަމުންދާ އެއްވެސް މައްސަލައެއްގައި ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން ބަލައިނުގަތުމަށް ނިންމައިފީމެވެ  އިތުރަށްވިދާޅުވުމަށް