ޙުސައިން ފިޔާޟް މޫސާގެ މައްޗަށް، ދައުލަތުން ކުރި، ގައިގައި އަތްލުމުގެ ކުށުގެ ދަޢުވާ ސާބިތެއްނުވި

02 ނޮވެމްބަރު 2015 ވަނަ ދުވަހު 19:45 އެހާކަންހާއިރު، ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަންގައި އާންމުންނަށް ނުދެވޭނެހެން މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކުރުމާއިގުޅިގެން، އިސްކަންދަރުކޮށި 02 ކައިރީގައިތިބި މީހުން އެސަރަޙައްދުން ދިއުމަށް ޕޮލިސް ކޯޕްރަލް މުޙައްމަދު ސާހީން އެންގުމުން، ޙުސައިން ފިޔާޟް މޫސާ އެސަރަހައްދު ދޫކޮށްގޮސްފައިނުވާތީ، ޙުސައިން ފިޔާޟް މޫސާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންއުޅުމުން، ޕޮލިސް ކޯޕްރަލް މުޙައްމަދު ސާހީންގެ މޭމަތީގައި ޖަހާފައިވާތީކަމަށް ބުނެ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު)ގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރާ ހަވާލާދީ، އެމާއްދާގެ (ށ) ގެ (3) ވަނަ ނަމްބަރުގެ ދަށުން، ޙުސައިން ފިޔާޟް މޫސާގެ މައްޗަށް، ދައުލަތުން ކުރި، ގައިގައި  އަތްލުމުގެ ކުށް ސާބިތުނުވާކަމަށްކަނޑައަޅާއިފިއެވެ. >>>>> ޙުކުމް 551/Cr-C/2016