ކުރިމިނަލް ކޯޓުގެ ޤާޟީން ރިސެސްއަށް

މި އަހަރު ޖޫން މަހުގެ 01 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކޯޓު ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމީ ކުރިމިނަލް ކޯޓުގެ ޤާޟީންގެ 2017 ވަނަ އަހަރުގެ 2 ވަނަ ޖަލްސާގައެވެ.  މިގޮތަށް ނިންމުމުން ކޯޓުން ބަލަމުން ގެންދާ މައްސަލަތައް ބެލުން މަދުކޮށްލި ނަމަވެސް ކޯޓުން ކުރަމުން ގެންދާ އެހެނިހެން މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުންގެންދާނެއެވެ. މީގެތެރޭގައި ބަންދު ނުވަތަ ހައްޔަރު ކުރާމީހުންގެ ބަންދާމެދު ގޮތެއްނިންމުގެ މަސައްކަތްތަކާއި، އިދާރީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ކުރާ މަސައްކަތްތަށް ހިމެނެއެވެ.