ކޯޓު ސާފްކުރުމުގެ ދުވަހެއް ފާހަގަކޮށްފިއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގައިވެސް ކޯޓް ސާފްކުރުމުގެ ދުވަހެއް ފާހަގަ ކޮއްފިއެވެ.DSC_6026

ކްރިމިނަލް ކޯޓްގެ އިސްޤާޟީ އަލްއުސްޠާޛު ޢަބުދުލްބާރީ ޔޫސުފާއި މުވަޒަފުން ބައިވެރިވެގެން މިއަދު ހިންގި މިހަރަކާތަކީ ކޯޓުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާ އެއްބައެއްވަންތަކަން އާލާކުރުމަށާއި، ކޯޓުގެ މަސައްކަތު މާޙައުލަކީ ސާފްތާހިރު މައުހައުލެއްގެ ގޮތުގައި ބޭވުމަށް ހިންގުނު ހަރަކާތެކެވެ.

2017 އޭޕްރީލް 29 ވީ ހޮނިހިރު ދުވަހު މިހަރަކާތް ފެށުނީ ހެނދުނު 09:00 ގައި މިކޯޓުގެ ހުރިހާ މުވައްޒަފުންނާއި، އިސްޤާޟީއާއިއެކު ގުރޫޕްފޮޓޯނެގުމުގެ ރަސްމިއްޔާތަކަށްފަހުގައެވެ. އަދި މެންދުރު އެއްގަޑިއިރު ހުސްވަގުކޮޅަކަށްފަހު މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލީ ހަވީރު 04:00 އަށެވެ.

ކޮށްމެ އަހަރަކުވެސް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހުރިހާމުވައްޒަފުން ބައިވެރިވެގެން ހިންގާ މިހަރަކާތަކީ ކޯޓްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަ އާލާކުރުމަށާއި، ކޯޓުގެ މަސައްކަތު މާޙައުލަކީ ސާފްތާހިރު މައުހައުލެއްގެ ގޮތުގައި ބޭވުމަށް ހިންގޭ ހަރަކާތެކެވެ.