ކުރިމިނަލް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޢާއިޝަތު ވަހީދާ ނިޔާވެއްޖެ.

IMG_7349ދައުލަތަށާއި ޝަރުޢީދާއިރާއަށް ދިގުމައްދަތެއްގައި ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދެވި  މ.އިރާކުމާގެ އަލްމަރުޙޫމާ ޢާއިޝަތު ވަޙީދާ 01 މާރިޗް 2017 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައިވަނީ ނިޔާވެފައެވެ. ނިޔާވިއިރު ޢާއިޝަތު ވަޙީދާގެ ޢުމަރަކީ 58 އަހަރެވެ.

އަލްމަރުޙޫމާ ޢާއިޝަތު ވަޙީދާ ޝަރުޢީދާއިރާގެ ޚިދުމަތާ ގުޅިވަޑައިގަތީ 22 ޑިސެމްބަރު 1999 ގައެވެ. ޢާއިޝަތު ވަޙީދާ ނިޔާވިއިރު ހުންނެވީ ކުރިމިނަލް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގެ މަޤާމުގައެވެ.  ރައްޔިތުންގެ މަޖިލިސްގެ އިދާރާގެ ސެކްރެޓަރީ ކަމުގެ މަޤާމުގައި 20 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތް ކޮށްފައިވާއިރު   ޝަރުޢީ ދާއިރާގައި 17 އަހަރަށްވުރެ ގިނަދުވަހު ވަނީ  ޚިދުމަތް ކޮށްފައެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި މިކޯޓުގެ ހުރިހާ ޤާޟީންނާއި، މުވައްޒަފުންގެ ނަމުގައި އަލްމަރުޙޫމާ ޢާއިޝަތު ވަޙީދާގެ ލޮބުވެތި ޢާއިލާއަށް ކެއްތެރިކަން ދެއްވުންއެދި ދުޢާކުރާހާލުގައި އިޚްލާޞްތެރިކަމާއެކު ޢާއިލާއަށް ތަޢުޒިޔާ އަރިސްކުރަމެވެ.