ކްރިމިނަލް ކޯޓު ރިސެސްއަށް މި މަހު 01 އިން 15 އަށް

ކޯޓު ކަލަންޑަރާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު 01 ޑިސެމްބަރ 2016 އިންފެށިގެން 15 ޑިސެމްބަރ 2016 ގެ ނިޔަލަށް ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ. މިގޮތަށް ނިންމުމުން ކޯޓުން ބަލަމުން ގެންދާ މައްސަލަތައް ބެލުން މަދުކޮށްލި ނަމަވެސް ކޯޓުން ކުރަމުން ގެންދާ އެހެނިހެން މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުންގެންދާނެއެވެ. މީގެތެރޭގައި މުއްދަތުގެ މަސައްކަތްތަކާއި، އިދާރީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ކުރާ މަސައްކަތްތަށް ހިމެނެއެވެ.