ވަކީލުން ހުށަހެޅުމާއި ބަލައިގަތުމާއި ވަކިކުރުމުގައި ޢަމަލުކުރަންވީގޮތުގެ އުޞޫލައަށްގެނައި 1 ވަނަ އިސްލާޙް

އުޞޫލު ނަންބަރު: 02/2014 ވަކީލުން ހުށަހެޅުމާއި ބަލައިގަތުމާއި ވަކިކުރުމުގައި ޢަމަލުކުރަންވީގޮތުގެ އުޞޫލަށް ގެނައި އެއްވަނަ އިޞްލާޙުގައިވާގޮތުން  ފޯމް ފުރިހަމަކުރުމަށްފަހު، މައްސަލައިގެ އަޑުއެހުން ބޭއްވުމުގެ ދެ ދުވަހުގެ ކުރިން އެފޯމު ކޯޓަށް ހުށަހަޅުމުގެބަދަލުގައި ފޯމް ފުރިހަމަކުރުމަށްފަހު، މައްސަލައިގެ އަޑުއެހުން ބޭއްވުމުގެ ކުރިން އެފޯމު ކޯޓަށް ހުށަހަޅުމުން އެވަކީލަކަށް ވަކާލާތުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އަދި ހަމަ އެޞޫލުގެ 14 ވަނަ މާއްދާ އުވާލާ އެ އުޞޫލުގެ 08 މާއްދާއަށްވަނީ އަކުރެއް އިތުރުކޮށްފައެވެ. އޭގައިވަނީ  (ބ) ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ ފަރާތްތަކާއި، ދަޢުވާކުރާ ފަރާތްތަކުގެ ޙައިޘިއްޔަތުން އެމީހަކު އެމައްސަލައެއްގެ ތަހުޤީޤުކުރުމުގައި ބައިވެރިވެފަވާ، ނުވަތަ ވަކީލެއްގެ ހައިޘިއްޔަތުން މަސައްކަތް ކޮށްފަވާ މައްސަލަތަކުގައާއި، އަދި އެމީހެއްގެ މަސްލަޙަތު ފުށުއަރާ މައްސަލަތަކުގައި، ދިފާޢީ ވަކީލެއްގެގޮތުގައި އެމީހަކު ބަލައެއް ނުގަނެވޭނެއެވެ.<<<<01 ވަނަ އިސްލާޙް