ޤާނޫނީ ވަކީލު އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު ހަމަސްދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފި

އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު ސަސްޕެންޑުކޮށްފައިވަނީ، ޢާއްމުންގެ މެދުގަ ކުރިމިނަލް ކޯޓާއި، ކުރިމިނަލް ކޯޓުގެ ޤާޟީންނާއިމެދު ނުބައި ތަޞައްވަރެއްދީ، ކޯޓާއި، ކޯޓުގެ ޤާޟީންގެ އަގުވައްޓާލައި، ޝަރުޢީ ދާއިރާއާއިމެދު ޢާންމުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ތަފާތު އެކިފަހަރުމަތިން މާލެ، ގ.ކެނެރީގެ، އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު މަސައްކަތްކުރަމުންދާތީއެވެ. އަދި އެފަދަ ކަންތައްތައް ހުއްޓާލުމަށް އެކިފަހަރުމަތިން އަޙްމަދު ނާޡިމް ޢަބްދުއްސައްތާރަށް އަންގައި ނަޞޭޙަތްތެރިވުމުން، އެކަންތައްތައް ހުއްޓާނުލާ ތަކުރާރުކުރަމުންދާތީއެވެ. >>>>>nazim-suspend