ކުރިމިނަލް ކޯޓުގެ 2015 ވަނަ އަހަރުގެ އަހަރީ ޙަފްލާ ބާއްވައިފި

އޮގަސްޓް 25 ވީ ބުރާސްފަތި ދުވަހުގެރޭ ކުރިމިނަލް ކޯޓުގެ 2015 ވަނަ އަހަރުގެ އަހަރީ ހަފުލާ ކޯޓުގައި ބާއްވައިފިއެވެ.

މިޙަފުލާ ސަރަފްވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އިއްޒަތެރި ފަނޑިޔާރު އޮނަރަބަލް އަލްއުސްޠާޛު ޢަބްދުﷲ އަރީފުއެވެ.IMG_7395

މިޙަފްލާ ފެށުމުގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިންޓޭޝަންގައި ގިނަދުވަސް ތަކެއްވަންދެން ވަޒީފާ އަދާކުރެއްވި އާދަމް ޝަރީފު އަވަހާރަ ވުމާއި ގުޅިގެން ހިތާމައިގެ ސުކޫތުގެ ވަގުތުކޮޅެއްގެނެވުނެވެ.

މިޙަފުލާ ސަރަފްވެރި މެހެމާން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އިއްޒަތެރި ފަނޑިޔާރު އޮނަރަބަލް އަލްއުސްޠާޛު ޢަބްދުﷲ އަރީފުގެ ވާހަކަފުޅުގައި، ޤާނޫނު ނަންބަރ 2010/22 ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ ދަށުން 18 އަހަރު ދަށުގެ ކުޑަކުދިން ކުރާ ކުއްތަކުގެ މައްސަލަތައްފިޔަވާ 18 އަހަރުންމަތީގެ މީހުން ކުރާ ޖިނާއި ކުއްތަކުގެ މައްސަލަތަކުގެ ތެރެއިން، އެހެން ޤާނޫނަކުން އިސްތިސްނާކޮށްފައިނުވާ މައްސަލަތައް ބެލުމުގެ އިޙްތިޞާޞް ލިބިގެންވާ، ކުރިމިނަލް ކޯޓަކީ ދިވެހިރާއްޖޭގެ ޝާރުޢީ ނިޒާމުގައި ހިމެނޭ އެIMG_7361ންމެހާ ކޯޓު ތަކުގެ ތެރެއިން އެންމެ މަސައްކަތް ބުރަ ކޯޓުކަން ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވި އަޅުގަނޑު މެންނަށް މިފެންނަނީ އެތައްއަހަރެއްގެ ތަޖުރިބާއާއެކު އަދުލު އިންސާފު ކަށަވަރު ކޮށްދިނުމުގައި ޒަމާނީ އުޞޫލުތަކާ ހަމަތަކާ އެއްގޮތައް ކުރިމަނަލް ކޯޓުގެ މަސައްކަތް ހިނގަމުންދާތަނެވެ.

އަދި މިޙަފްލާއަށް އެއްމެ ފުރިހަމަކަމެއް ގެނެސްދިނީ ކުރިމިނަލް ކޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ޝަރުޢިދާއިރާގައި ގިނަދުވަސްތަކެއްވަންދެން ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އެމުވައްޒަފުންގެއަގު ވަޒަންކުރުމުގެގޮތުން ހަނދާނީ ފިލައާއި ސެޓްފިކެޓް ދިނުމުންނެވެ. އެގޮތުން 15 އަހަރުވަންދެން ޝަރުޢިދާއިރާގައި މަސައްކަތް ކުރެއްވި 16 ބޭފުޅުންނަށް ހަނދާނީ ފިIMG_7357ލައާއި ސެޓްފިކެޓް ބައްސަވާދެއްވީ ކުރިމިނަލް ކޯޓުގެ އިސްޤާޟީ  އަލްއުސްޠާޛު ޢަބުދުލްބާރީ ޔޫސުފުއެވެ. އަދި 20 އަހަރުވަންދެން ޝަރުޢިދާއިރާގައި މަސައްކަތް ކުރެއްވި 3 ބޭފުޅުންނާއި، 30 އަހަރުވަންދެން ޝަރުޢިދާއިރާގައި މަސައްކަތް ކުރެއްވި 6 ބޭފުޅުންނަށް ހަނދާނީ ފިލައާއި ސެޓްފިކެޓް ބައްސަވާދެއްވީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އިއްޒަތެރި ފަނޑިޔާރު އޮނަރަބަލް އަލްއުސްޠާޛު ޢަބްދުﷲ އަރީފުއެވެ.

ކުރިމިނަލް ކޯޓުގެ އިސްޤާޟީ  އަލްއުސްޠާޛު ޢަބުދުލްބާރީ ޔޫސުފުގެ ވާހަކަފުޅުގައި ޝަރުޢީދާއިރާގެ ޤާޟީ ދިވެހިރާއްޖޭގެ އިއްޒަތްތެރި އުތަމަ ފަނޑީޔާރު އޮނަރަބަލް އަލްއުސްޠާޛު ޢަބްދުﷲ ސަޢީދު މިހަފުލާގައި ބައިވެރި ވަޑައިނުގެންނެވުނު ނަމަވެސް، މިހަފުލާ ޝަރަފުވެރި ކޮށްދެIMG_7367އްނުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އިއްޒަތެރި ފަނޑިޔާރަކު ހަމަޖައްސަވައި ދެއްވިކަމަށްޓަކައާއި، އަދި ޝަރުޢީދާއިރާ ހަރުދަނާ ކުރުމަށްޓަކައި އެމަނިކުފާނު ކޮށްދެއްވާ މިނެއްމަސައްކަތް ޕުޅައްޓަކައި ކުރިމަނަލް ކޯޓުގެ ހުރިހާ ޤާޟީނާއި، މުއަޒަފުންގެ ނަމުގައި އެމަނިކުފާނަށް ޝުކުރުދަންނަވިއެވެ. އަދި  ޝަރަހުވެރި ފިލާ ލިބިވަޑައިގެންނެވި ހުރިހާ އެމަނިކުފާނުގެ އަމިއްލަ ނަމުގައިޔާއި، ކޯޓުގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ހޫނުމަރުހަބާ ދެންނެވިއެވެ.