އަޙްމަދު އަދީބު ޢަބްދުލްޣަފޫރު 10 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފި

ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު 10 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވަނީ، މިދިޔަ އަހަރުގެ މެއި މަހުގެ 01 ވަނަ ދުވަހު އިދިކޮޅު ސިޔާސީ ފަރާތްތަކުން މާލޭގައި ބޭއްވި “މޭޑޭ” މުޒާހަރާގެ ކުރިންނާއި އޭގެ ފަހުންވެސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އަތުން ފިސްތޯލައާއި ވަޒަން ފެނިފައިވާތީއާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެތަކެތި ގެންގުޅެފައިވަނީ ސިޔާސީ މަޤްޞަދެއްގަ މީހުންގެ މެދުގަ ބިރުވެރިކަން އުފެދޭފަދަ ޢަމަލެއް ކޮށް ބަޔަކަށް ޖިސްމާނީ އަނިޔާއެއް ދިނުމުގެ މަޤްޞަދުގައިކަން ހެކިންގެ ހެކިބަހުން ސާބިތުވާތީއެވެ.