މއ.ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ދަޢުވާކުރާ މަނީ ލޯންޑްރިންގ ގެ ކުށުގެ މައްސަލައިގެ ޝަރީޢަތް ލައިވްކުރުމަށް ނިންމައިފި

މއ.ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ދަޢުވާކުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 60/Cr-C/2019 ޤަޟިއްޔާއިން ބަލަމުން ގެންދާ މަނީލޯންޑްރިންގ ގެ ކުށުގެ ދަޢުވާއަކީ، ދައުލަތުގެ ފައިސާއާ ގުޅުންހުރި އަދި ޢާންމު ރައްޔިތުންގެ ކަންބޮޑުވުން އެމައްސަލައަކާމެދު ނުހަނު ބޮޑަށް އޮތް މައްސަލައެއްކަމަށްވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ މަޤްޞަދު ޙާޞިލްކުރުވޭކަން ކަށަވަރުކުރުމުގެ ގޮތުން، އެމައްސަލާއިގެ އަޑުއެހުންތައް، ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ މީޑިއާތަކުގެ ތެރެއިން ލައިވްކޮށް ބްރޯޑްކާސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ޝަރީޢަތުގެ މަޖިލީހުގައި ޖާގައޮތް މިންވަރުން ލައިވްކޮށް ބްރޯޑްކާސްޓްކުރުމުގެ ފުރުޞަތު ދިނުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ. އިތުރަށް ވިދާޅުވުމަށް

Total Page Visits: 119 - Today Page Visits: 1

You may also like...


WordPress Lightbox Plugin