މައްސަލަ ހުށަހެޅިތާ 14 ދުވަސްތެރޭ މައްސަލަބަލައި ނިންމައިފި

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުމުގެ ޤާނޫނަށްގެނައި އިޞްލާޙާއެކު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ކޯޓަށް ހުށަހެޅި މިބާވަތުގެ ފުރަތަމަ މައްސަލަ 14 ދުވަސްތެރޭގައި ކްރިމިނަލް ކޯޓުން މައްސަލަބައި ޙުކުމް ކޮށްފިއެވެ.

ކޯޓުން މިއަދު ނިންމި މައްސަލައަކީ، މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައި މ.ވެރާ މުޙައްމަދު ނަޞްރުގެ މައްޗަށް މިއަހަރު ޖެނުއަރީ 18 ވަނަދުވަހު (2015/01/18) ދައުލަތުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މިއަހަރުގެ ޖެނުއަރީ މަހު 07 ވަނަދުވަހު ފުލުހުންނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން މާލެ ވ.މިނިވަންހިޔާ ގެއަށް ފުލުހުންގޮސް، ފުލުހުންގެ ބެލުމުގެ ދަށަށް މުޙައްމަދު ނަޞްރު ގެންދަން އުޅުނު ވަގުތު، މުޙައްމަދު ނަޞްރުގެ އަތުގައި އޮތް ވަޅިން ޕޮލިސް ލާންސް ކޯޕުރަލް އަޙްމަދު ސަމީޙު މުޙައްމަދަށް ހަމަލާދިނުމުގެ ސަބަބުން ޕޮލިސް ލާންސް ކޯޕުރަލް އަޙްމަދު ސަމީޙު މުޙައްމަދުގެ ކަނާތު ކޮޑަށް އަނިޔާވެފައިވާކަން ހެކިންގެ ބަހުންނާއި، އެކަމާގުޅޭ ރިޕޯޓުތަކުން އެނގެންއޮންނަކަން މިއަދުކުރި ޙުކުމުގައި ބުނެފައިވެއެވެ. އަދި މިކުށުގެ އަދަބެއްގެ ގޮތުން 10 އަހަރު ދުވަހުގެ މުއްދަތަށް މ.ވެރާ މުޙައްމަދު ނަޞްރު ޖަލަށްލުމަށްވެސް މިޙުކުމުގައިވެއެވެ. ޙުކުމް