ކުރިމިނަލް ކޯޓުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްފި

ގިނަ ފަސޭހަތަކާއެކު ކުރިމިނަލް ކޯޓުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްފިއެވެ. އައު ވެބްސައިޓް އިފްތިތާޙް ކުރުމަށާއި، 1439ވަނައަހަރުގެ ރަމަޟާންމަހަށް މަރުހަބާ ކިޔުމަށް 2018 މެއި 11 ވަނަ ދުވަހުގެ ރޭ ކުރިމިނަލް ކޯޓުގައި ބޭއްވި ޙަފްލާގައި މިވެބްސައިޓް އިފްތިތާޙްކޮށްދެއްވީ

 ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮންރަބުލް އަލްއުސްތާޛް ޢަބްދުﷲ ޢަރީފާއި، ކުރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛް އާދަމް ޢާރިފެވެ. އާންމު ރައްޔިތުންނާއި ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ފަސޭހަކަމާއެކު ބަލައިލެވޭގޮތައް ފަރުމާކޮށްފައިވާ މިވެބްސައިޓުން ކޯޓުން ނިންމާ ނިންމުންތަކާއި، ޤަޟިއްޔާތަކާއި، ކޯޓުގެ ތަފާސްހިސާބާއި، ކޯޓުން ހިންގާ މައްސަލަތަކުގެ ތާވަލާއި، ކޯޓުގައި މިވަގުތު ބޭނުންކުރަމުން އަންނަ ފޯމުތަކާއި ވަކީލުންނާއި ގުޅުންހުރި ގިނަ މަޢުލޫމާތެއް ލިބެން ހުންނާނެއެވެ. އަދި ކުރިމިނަލް ކޯޓުގެ އިޖްތިމާޢީ ކޮމެޓީގެ ޙަރަކާތްތައް ފުރިހަމައަށް ފެނިގެން ދާނެފަދަގޮތަކަށް އިޖްތިމާޢީ ޙަރަކާތުގެ ނަމުގައި މިވެބްސައިޓްގައި އަލަށް ޕޭޖެއް ތަޢާރަފްކޮށްފައިވެއެވެ.

Total Page Visits: 423 - Today Page Visits: 1

You may also like...


WordPress Lightbox Plugin