ރޭޕްކުރުން – މުޙައްމަދު ޝަޒްލީފް، މާކަރީލައިޓް / ލ.ކަލައިދޫ

144/Cr-C/2018

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ އަނިޔާލިބުނު ފަރާތުގެ މަޞްލަޙަތު ރައްކާތެރިކުރުމުގެ ގޮތުން

ޝަރީޢަތް ނިމުނުގޮތް – ލ.ކަލައިދޫ / މާކަރީލައިޓް، މުޙައްމަދު ޝަޒްލީފް، 06 ޖަނަވަރީ 2018 ދުވަހު 23:30 އެހައިކަށްހައިއިރު، [ނަން އުނިކުރެވިފައި] [ތަނުގެ ނަން އުނިކުރެވިފައި] އަށް ގެންގޮސް [ނަން އުނިކުރެވިފައި] އާމެދު ގަދަކަމުން ޖިންސީ ގުޅުން ހިންގާ ރޭޕްކޮށްފައިވާތީކަމަށްބުނެ، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ދައުލަތުން ދަޢުވާކުރި ރޭޕްކުރުމުގެ ކުށުގެ މި ދަޢުވާއަށް ދަޢުވާލިބޭ ފަރާތުން އިންކާރުކުރުމުން ދައުލަތުން ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިޤަރީނާއިން މި ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާތީ

ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ރޭޕްކުރުމުގެ ކުށުން މުޙައްމަދު ޝަޒްލީފް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި

މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ނ) ގެ ދަށުން މުޙައްމަދު ޝަޒްލީފް 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރެވިފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު

Total Page Visits: 269 - Today Page Visits: 1

You may also like...


WordPress Lightbox Plugin