ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގުން – ޢަލީ ޝަފީޤް، ވ.ހުވަފެން / މާލެ

500/Cr-C/2020

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ

ޝަރީޢަތް ނިމުނުގޮތް – މާލެ / ވ.ހުވަފެން، ޢަލީ ޝަފީޤު 2018 ވަނަ އަހަރުން ފެށިގެން އެކުދުވަސްމަތިން [ކުއްޖާ 1] އާއި [ކުއްޖާ 2] ވ.ހުވަފެން ގޭގައި މީނާ ދިރިއުޅޭ ކޮޓަރީގައި ނިދަމުން ދިޔަ ދުވަސްތަކުގައި [ކުއްޖާ 1] ގެ ކުރިމަތި ފަރާތުގައި އަތްލާ މީނާގެ ކުރިމަތި ފަރާތް [ކުއްޖާ 1] އަށް ދައްކަން މަސައްކަތް ކޮށްފައިވާތީއާއި، މީނާ [ކުއްޖާ 2] ގެ މޭމަތީގައާއި، ކުރިމަތި ފަރާތުގައި އަތްލާ މީނާގެ ކުރިމަތި ފަރާތް [ކުއްޖާ 2] އަށް ދައްކައި، [ކުއްޖާ 2] ލައްވައި މީނާގެ ކުރިމަތި ފަރާތުގައި އަތްލައްވަން މަސައްކަތްކޮށްފައިވާތީއާއި، މި ދެކުދިންގެ މޭމަތީގައި އަތްލާފައިވާނެކަމަށް މީނާ އިޢުތިރާފުވެފައިވާތީކަމަށްބުނެ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ދައުލަތުން ދަޢުވާކުރި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާއަށް ޢަލީ ޝަފީޤު ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކުރިނަމަވެސް، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ހެކި ޤަރީނާއަށް ބަލާއިރު، މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ މައްސަލައެއްކަމުގައި ކަނޑައަޅައި

ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުން މާލެ / ވ.ހުވަފެން، ޢަލީ ޝަފީޤު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި

މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން މާލެ / ވ.ހުވަފެން، ޢަލީ ޝަފީޤު 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކަމަށް ޙުކުމްކުރެވިފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު އާދަމް މުޙައްމަދު

Total Page Visits: 233 - Today Page Visits: 1

You may also like...


WordPress Lightbox Plugin