ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުން – އުނައިސް އަޙްމަދު، ހިޔާވަހި / ބ.ތުޅާދޫ

419/Cr-C/2020

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ

ޝަރީޢަތް ނިމުނުގޮތް – ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަޙްމަދުގެ މައްޗަށް ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ދައުލަތުން ދަޢުވާކުރި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދަޢުވާއަށް އުނައިސް އަޙްމަދު އިންކާރުކޮށްފައިވީނަމަވެސް، ދަޢުވާގައި ބަޔާންކުރާ ވާޤިޢާ އެގޮތުގައި ހިނގާފައިވާކަމަށް އިޤުތިނާޢުވެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާތީ، އުނައިސް އަޙްމަދުގެ މައްޗަށް ދައުލަތުން ކުޅަ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި

ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުން ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަޙްމަދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި

މި ކުށުގެ އުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަޙްމަދު 10 (ދިވަހެއް) އަހަރު ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށް

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަޙްމަދު މި މައްސަލައިގެ ތަޙުޤީޤް މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ހޭދަކުރި 02 (ދޭއް) އަހަރާއި، 6 (ހައެއް) މަހާއި 6 (ހައެއް) ދުވަސް އުނައިސް އަޙްމަދުގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން އުނިކުރުމުން، މި ދަޢުވާއާ ގުޅިގެން އުނައިސް އަޙްމަދު ތަންފީޒުކުރަންޖެހޭ އަދަބަކީ 07 (ހަތެއް) އަހަރާއި 05 (ފަހެއް) މަހާއި 24 (ސައުވީސް) ދުވަހުގެ ޖަލު ޙުކުމްކަމުގައި ކަނޑައަޅައި ޙުކުމްކުރެވިފައި

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ – ޤާޟީ އަލްއުސްތާޛު އާދަމް މުޙައްމަދު

Total Page Visits: 225 - Today Page Visits: 2

You may also like...


WordPress Lightbox Plugin