އެއްޖިންސުން ޖިންސީ ގުޅުން ހިންގުން – އެމްޑީ އަލަމްގިރް، ބަނގްލަދޭޝް
662/Cr-C/2022
މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން މި ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ
ޝަރީޢަތް ނިމުނުގޮތް – ދައުލަތުން ބަނގްލަދޭޝް ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރްގެ މައްޗަށް ދަޢުވާކުރާ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ މި ދަޢުވާއަށް އެމްޑީ އަލަމްގިރް އިބްތިދާއީ މަރުޙަލާގައާއި، އަވަސްނިޔާގެ ޝަރީޢަތުގައި އެމްޑީ އަލަމްގިރް އިޢުތިރާފްވެފައިވާތީ
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 411 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުން އެމްޑީ އަލަމްގިރް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި
މި ކުށުގެ އުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1106 ވަނަ މާއްދާގެ (ށ) އާއި 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން އެމްޑީ އަލަމްގިރް 04 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރެވިފައި