ކުޑަކުއްޖަކު އިތުބާރުކުރެވޭ މަޤާމެއްގައިހުރި މީހަކު އެކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުން – ޝާމިލް އާދަމް، ރޯޝަނީވިލާ / އދ.ދިއްދޫ

502/Cr-C/2019

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ

ޝަރީޢަތް ނިމުނުގޮތް – އދ.ދިއްދޫ / ރޯޝަނީވިލާ، ޝާމިލް އާދަމްގެ މައްޗަށް ކުޅަ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައިހުރި މީހަކު އެކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއަށް ޝާމިލް އާދަމް ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކުރި ނަމަވެސް، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހައި ހެކި ޤަރީނާއަށް ބަލާއިރު، މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ މައްސަލައެއްކަމުގައި ކަނޑައަޅައި

ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ކުޑައްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައިހުރި މީހަކު އެކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން ޝާމިލް އާދަމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި

މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ޝާމިލް އާދަމް 15 (ފަނަރަ) އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް

ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މައްސަލައާ ގުޅިގެން ތަޙުޤީޤު މަރުޙަލާގައި އަދި ޝަރީޢަތުގެ މަރުޙަލާގައި ޝާމިލް އާދަމް 03 (ތިނެއް) އަހަރާއި 03 (ތިނެއް) މަހާއި 13 (ތޭރަ) ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، މީނާ ބަންދުގައި ހުރި މުއްދަތު ޙުކުމުގެ މުއްދަތުން އުނުކުރުމުން މީނާ މި ދަޢުވާއާ ގުޅިގެން ތަންފީޒުކުރަންޖެހޭ އަދަބަކީ 11 (އެގާރަ) އަހަރާއި 8 (އަށެއް) މަހާއި 17 (ސަތާރަ) ދުވަސްކަމަށް ކަނޑައަޅައި، ޙުކުމްކުރެވިފައި

Total Page Visits: 218 - Today Page Visits: 1

You may also like...


WordPress Lightbox Plugin