އެއްޖިންސުން ޖިންސީ ގުޅުން ހިންގުން – މަޙްމޫދު ރިޔާޟް، ދަފްތަރު ނަންބަރު ރސ 4549

630/Cr-C/2022

މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން މި ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ

ޝަރީޢަތް ނިމުނުގޮތް – ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 411 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ދަފްތަރު ނަންބަރު ރސ 4549، މަޙްމޫދު ރިޔާޟްގެ މައްޗަށް ދައުލަތުން ދަޢުވާކުރި އެއްޖިންސުން ޖިންސީގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއަށް މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގަޔާއި އަވަސްނިޔާގެ އަޑުއެހުމުގައި މަޙްމޫދު ރިޔާޟް އިޢުތިރާފުވެފައިވާތީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 411 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުން މަޙްމޫދު ރިޔާޟް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 411 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 1106 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޙްމޫދު ރިޔާޟް 07 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މަޙްމޫދު ރިޔާޟް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 06 (ހައެއް) މަހާއި 20 (ވިހި) މުއްދަތުގެ އަދަބެއް ކަމަށާއި، އުޞޫލު ނަންބަރު 2021/02 (ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގެ 37 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މުއްދަތުގެ ތެރެއިން 03 (ތިނެއް) މަހާއި 10 (ދިހައެއް) ދުވަހަކީ ޖަލު ޙުކުމެއްގެ ގޮތުގައި ތަންފީޒުކުރަންޖެހޭ މުއްދަތެއް ކަމަށާއި، ބާކީ 06 (ހައެއް) މަހާއި 20 (ވިހި) ދުވަހަކީ ގޭ ބަންދުގެ ޙުކުމެއްގެ ގޮތުގައި ތަންފީޒުކުރަންޖެހޭ މުއްދަތެއް ކަމުގައި ކަނޑައަޅައި، ޙުކުމްކުރެވިފައި

Total Page Visits: 254 - Today Page Visits: 2

You may also like...


WordPress Lightbox Plugin