އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން – އިބްރާހީމް ޝާފިޢު، ފީރޯޒްގެ / ފ.ފީއަލި

506/Cr-C/2020

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ

ޝަރީޢަތް ނިމުނުގޮތް – ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގައި ބަޔާންކުރާ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުން އިބްރާހީމް ޝާފިޢު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި

މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން އިބްރާހީމް ޝާފިޢު 18 (އަށާރަ) އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް

ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މައްސަލައާ ގުޅިގެން ޖަލު އަދަބުގެ ގޮތުގައި އިބްރާހީމް ޝާފިޢު ތަންފީޒުކުރަންޖެހޭ މުއްދަތަކީ، 15 (ފަނަރަ) އަހަރާއި 8 (އަށެއް) މަހާއި 11 (އެގާރަ) ދުވަސްކަމަށް ކަނޑައަޅައި، ޙުކުމްކުރެވިފައި

Total Page Visits: 221 - Today Page Visits: 1

You may also like...


WordPress Lightbox Plugin